ނަރސިންގ ލައިސަންސިންގ އިމްތިޙާނު
ނާރސިންގ ލައިސަންސިންގ އިމްތިޙާނަކީ ދިވެހިރާއްޖޭގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާނެ އަސާސީ ކްލިނިކަލް ޢިލްމު ހުރިކަން ކަށަވަރުކުރުމަށް ކައުންސިލުން ނަގާ މުހިންމު އިމްތިޙާނެކެވެ.
އޯވަރވިއު (ތަޢާރަފު)
މި އިމްތިޙާނަކީ އަލަށް ކިޔަވައި ނިމިގެން ނުކުންނަ ދަރިވަރުންނަށާއި، ބިދޭސީ ނަރުހުންނަށް އަމާޒުކޮށްގެން ދެވޭ އިމްތިޙާނެކެވެ. އިމްތިޙާނު ފަރުމާކުރެވިފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، ކްލިނިކަލް ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތް ދެނެގަތުމަށެވެ.
އިމްތިޙާނުގެ ތާވަލު
RN Competency exam — December 16, 2026 — The Maldives National University Campuses — ރަޖިސްޓްރީ: Nov 29 - Dec 1, 2026
އިމްތިޙާނުގެ ނަތީޖާ
އިމްތިޙާނުގެ ނަތީޖާ ދޫކުރެވޭނީ ހަމައެކަނި އިމްތިޙާނު ހެދި ކެންޑިޑޭޓަށެވެ. އެހެން ފަރާތަކަށް ނަތީޖާ ދޫކުރުމަކީ މަނާކަމެކެވެ. އެމް.އެން.އެމް.ސީ އިން ކަނޑައަޅާފައިވާ ފާސްވާ މިންގަނޑަކީ 60 އިންސައްތައެވެ. ފާސްނުވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ދެވޭނެ އުޞޫލުތައް ކަނޑައެޅިފައިވެއެވެ.
